"ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަން ލިބުމަކީ ކޮންމެ ކުއްޖެއްގެވެސް ޙައްޤެއް"

ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދޭތޯ ބަލަން މުއައްސަސާތައް އޮޑިޓްކުރަނީ

އޮރިޖިނަލް އަރޓިކަލްއަށް ވަޑައިގަތުމަށް: https://adhadhu.com/article/14294

 

ދައުލަތުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ މުއައްސަސާތަކަށް އެ ޒިންމާ އެންމެ އެކަށީގެންވާ ގޮތުގައި އަދާކުރެވޭ މިންވަރު ބެލުމުގެ އޮޑިޓެއް އަންނަ މަހުގެ ތެރޭގައި ފަށަން ނިންމައިފި އެވެ.

ކުޑަކުދިންނަށް ޖިންސީގޯނާކުރުމާއި އަނިޔާ އާއި އިހުމާލުގެ މައްސަލަތައް ވެސް މައްސަލަތައް އެންމެ އެކަށީގެންވާ ބާރުމިނުގައި ނުބެލި, ދިގު މުއްދަތެއް ހޭދަވެ މުއައްސަސާތަކަށް އިތުބާރު ވަނީ ކުޑަވެފަ އެވެ. އިންސާފު ހޯދައިދިނުމުގެ ނިޒާމް ވަރަށް ކުރީއްސުރެން ފެށިގެން ފޭލްވެފައި އޮތް ކަން ގަބޫލުކޮށް އެކަން ރަނގަޅުކުރަން މި ސަރުކާރުން ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގާނޫނެއް އެކުލަވާލައި ތަންފީޒުކުރަން ފަށައިފަ އެވެ.

އެ ގާނޫނުގެ ދަށުން މިނިވަން އިދާރާއެއްގެ ގޮތުގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް އުފައްދައި ހަވާލުކޮށްފައިވާ އެއް ޒިންމާއަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މަތިކޮށްފައިވާ ކަންކަން ދައުލަތުގެ އިދާރާތަކުން ތަންފީޒުކުރޭތޯ ބެލުމެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިފަދަ އޮޑިޓެއް ކުރިއަށް ގެންދަން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިހާރު ވަނީ ތައްޔާރުވެފަ އެވެ.

އެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ނިއުމާތު ޝަފީގު "އަދަދު" އަށް ވިދާޅުވީ ޗައިލްޑް ރައިޓްސް އޮޑިޓިންގައި މުއައްސަސާތަކުގެ ކަންކަން ރާވާފައި ހުރިއިރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކުރިއަށް ގެންދޭތޯ އާއި ނުބެލި އިހުމާލުވެވެނީ ކޮން ކަންތައްތަކަކަށްތޯ ބަލާނެ ކަމަށެވެ.

"މި އޮޑިޓް ކުރަން ފެށީމާ ހުރި މައްސަލަތައް ވަރަށް ބޮޑަށް ފެންމަތިވެގެންދާނެ," ނިއުމާތު ވިދާޅުވި އެވެ.

 

 

އޭނާ ވިދާޅުވި ގޮތުގައި އެ އިދާރާ އުފެއްދި ފަހުން މިހާތަނަށް 20 މައްސަލައެއް ހުށަހަޅައި ތަހުގީގު އެބަދެ އެވެ. އޭގެ ތެރެއިން ހަ މައްސަލައަކީ އެ އޮފީހުގެ އިސް ނެގުމަށް ވަގުތުން ހައްލު ހޯދަން ޖެހޭ ކަމަށް ދެކިގެން ބަލާ މައްސަލަތަކެއް ކަން ފާހަގަކުރެއްވި އެވެ.

އޮމްބަޑްސްޕާސަންގެ އޮފީހަށް ބެލެނީ 2019 އިން ފެށިގެން ފެންމަތިވެފައިވާ މައްސަލަތަކެވެ. އެކަމަކު ކުރީގެ މައްސަލައެއް ތަކުރާރުވަމުންދާ ނަމަ އެކަމެއް ބަލާނެ ކަމަށް ނިއުމާތު ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެންމެ އިސްކަންދީގެން ކުރަން ޖެހޭ އެއް ކަމަކީ ގާނޫނާ އެއްގޮތަށް މަސައްކަތް ކުރަން ފަށައި އެސްއޯޕީތައް ހެދުމެވެ. އެއީ އުސޫލްތަކެއް ނުހަދައި އޮތް ނަމަ އެ ބަޔަކު ބޭނުންވާ ގޮތަކަށް އަމަލުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެތީ ކަމަށް ވިދާޅުވި އެވެ. ގާނޫނު ވުޖޫދަށް އައުމާ އެކު ކުރީގައި ހުރި އުސޫލްތައް ބަދަލުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑާ ހެދި އުސޫލްތައް ނުހެދި ލަސްވާ ކަމަށް ބައެއް މުއައްސަސާތަކުން ބަހަނާ ދެއްކުން ނިއުމަތު ގަބޫލެއް ނުކުރައްވަ އެވެ.

"ކޮވިޑުގެ ހާލަތާ އެކު ކުދިންނަށް އަނިޔާ ލިބުން ނުހުއްޓޭ," ނިއުމަތު ވިދާޅުވި އެވެ.

ކުދިންނަށް އަނިޔާ ހުއްޓުވަން ކުރަން ހުރި ކަންކަން ލަސްވުމަކީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އިހުމާލެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނީ ނިޒާމުގެ ތެރޭގައި ކަންކަން ތަންފީޒުވަމުންދާ މިންވަރު އެ އޮޑިޓުން ހާމަވުމުން, ރަނގަޅުކުރަން ޖެހޭ ކަންކަމަށް މުއައްސަސާތަކާ އެކު މަޝްވަރާކޮށް މުއްދަތެއް ދޭނެ އެވެ. އެ މުއްދަތުގައި, އެކަން ތަންފީޒު ނުވެއްޖެ ނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

 

ފަހުގެ ލިޔުންތައް


  1. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ފުވައްމުލައް ސިޓީގައި "ކުދިންގެ ރައުޔު" ފޯރަމެއް ބާއްވައިފި
    ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-10-31

  2. ބޭސްލައިން ރިޕޯޓް ސަމަރީ
    ބާވަތް: ރިޕޯޓާއި ދިރާސާ - ޕަބްލިސް ކުރީ: 2022-09-19

  3. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގެ ނަމުގައި މަހާސިންތާއެއް ބާއްވައިފި
    ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-09-18

  4. ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން
    ބާވަތް: އަންދާސީ ހިސާބު - ޕަބްލިސް ކުރީ: 2022-08-08

  5. މީޑިއާ އޮފިސަރ
    ބާވަތް: ވަޒީފާގެ ފުރުސަތު - ޕަބްލިސް ކުރީ: 2022-08-04

  6. މަގާމު: ކޮމްޕްލަޔަންސް އޮފިސަރ
    ބާވަތް: ވަޒީފާގެ ފުރުސަތު - ޕަބްލިސް ކުރީ: 2022-07-31

  7. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤު ކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު
    ބާވަތް: އުސޫލު - ޕަބްލިސް ކުރީ: 2022-07-31

  8. 2 އަހަރު ދުވަހުގެ ތެރޭގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުންކޮށްފައިވާ ބައެއް މުހިންމު މަސައްކަތްތައް
    ބާވަތް: ހަރަކާތްތައް - ޕަބްލިސް ކުރީ: 2022-07-23

  9. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް "ޓޯލް ފްރީ" ނަންބަރު 1656 އިފްތިތާހުކޮށްފި
    ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-07-23

  10. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިދާރީ ޤަވާއިދު
    ބާވަތް: ޤާނޫނުތަކާއި ގަވާއިދުތައް - ޕަބްލިސް ކުރީ: 2022-07-17