"ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަން ލިބުމަކީ ކޮންމެ ކުއްޖެއްގެވެސް ޙައްޤެއް"

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް "ޓޯލް ފްރީ" ނަންބަރު 1656 އިފްތިތާހުކޮށްފި

Responsive image

ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ ދަށުން 23 ޖުލައި 2020 ގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް އުފެދި މި އަދަކީ މި އޮފީސް ވުޖޫދުވިތާ 2 އަހަރު ފުރޭ ދުވަހެވެ. މި އޮފީހުގެ މައިގަނޑު މަސްޢޫލިއްޔަތުތަކަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، އ.ދ ގެ ކުޑަކުދިންގެ ހައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ދައުލަތުގެ މުއައްސަސާތައް ޢަމަލު ކުރާ މިންވަރު ދެނެގަތުމާއި، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުމާއި، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙުޤީޤުކޮށް މުޠާލިޢާކުރުމެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ރަސްމީ ޓޯލް ފްރީ ނަންބަރު (ހިލޭ ގުޅޭ ނަންބަރު) 1656 ވަނީ އިފުތިތާހްކޮށްފައެވެ. މި ހޮޓްލައިން ނަންބަރުގެ ބޭނުމަކީ އާންމުންނަށް މި އޮފީހަށް މައްސަލަތައް ފަސޭހަކަމާއެކު ހުށަހެޅޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.

މި އޮފީހުން ތަޙްޤީޤުކުރާނީ ކުޑަކުދިންގެ މަސްލަޙަތު ހިމެނޭ މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި، އެ އިދާރާތަކުގެ މުވައްޒަފުންގެ އިހުމާލެއް އޮތްކަމަށް ބެލެވޭ މައްސަލަތަކެވެ. މި އޮފީހަށް ކާކުކަން ނޭނގޭނެހެންވެސް މައްސަލަ ހުށަހެޅިދާނެވެ.

 

މި އޮފިހަށް މައްސަލަ ހުށަހެޅޭނެ ގޮތްތަކަކީ، ޓޯލް ފްރީ ނަންބަރު 1656 ގުޅައިގެންނާއި، [email protected]އަށް އީމެއިލްކޮށްގެންނާއި، "މައްސަލަ ހުށަހަޅާ ފޯމް" މެދުވެރިކޮށްނާއި، ސިޓީ މެދުވެރިކޮށް އަދި އޮފީހަށް ހާޒިރުވެގެނެވެ.

ފަހުގެ ލިޔުންތައް


  1. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ފުވައްމުލައް ސިޓީގައި "ކުދިންގެ ރައުޔު" ފޯރަމެއް ބާއްވައިފި
    ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-10-31

  2. ބޭސްލައިން ރިޕޯޓް ސަމަރީ
    ބާވަތް: ރިޕޯޓާއި ދިރާސާ - ޕަބްލިސް ކުރީ: 2022-09-19

  3. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގެ ނަމުގައި މަހާސިންތާއެއް ބާއްވައިފި
    ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-09-18

  4. ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން
    ބާވަތް: އަންދާސީ ހިސާބު - ޕަބްލިސް ކުރީ: 2022-08-08

  5. މީޑިއާ އޮފިސަރ
    ބާވަތް: ވަޒީފާގެ ފުރުސަތު - ޕަބްލިސް ކުރީ: 2022-08-04

  6. މަގާމު: ކޮމްޕްލަޔަންސް އޮފިސަރ
    ބާވަތް: ވަޒީފާގެ ފުރުސަތު - ޕަބްލިސް ކުރީ: 2022-07-31

  7. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤު ކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު
    ބާވަތް: އުސޫލު - ޕަބްލިސް ކުރީ: 2022-07-31

  8. 2 އަހަރު ދުވަހުގެ ތެރޭގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުންކޮށްފައިވާ ބައެއް މުހިންމު މަސައްކަތްތައް
    ބާވަތް: ހަރަކާތްތައް - ޕަބްލިސް ކުރީ: 2022-07-23

  9. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް "ޓޯލް ފްރީ" ނަންބަރު 1656 އިފްތިތާހުކޮށްފި
    ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-07-23

  10. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިދާރީ ޤަވާއިދު
    ބާވަތް: ޤާނޫނުތަކާއި ގަވާއިދުތައް - ޕަބްލިސް ކުރީ: 2022-07-17