"ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަން ލިބުމަކީ ކޮންމެ ކުއްޖެއްގެވެސް ޙައްޤެއް"

ކުޑަކުދިންގެ މައްސަލަތަކުގެ ހަގީގީ ސަބަބުތައް ދެނެގަނެ އެކަންކަން ތަކުރާރުވިޔަ ނުދީ - ޗިލްޑްރަންސް އޮމްބަޑްސް ޕާރސަންގެ އޮފީސް

Responsive image

އޮރިޖިނަލް އަރޓިކަލްއަށް ވަޑައިގަތުމަށް: ކުޑަކުދިންގެ މައްސަލަތަކުގެ ހަގީގީ ސަބަބުތައް ދެނެގަނެ އެކަންކަން ތަކުރާރުވިޔަ ނުދީ - ޗިލްޑްރަންސް އޮމްބަޑްސް ޕާރސަންސް އޮފީސް (raajje.mv)

ކުޑަކުދިންގެ މައްސަލަތަކުގެ ޙަޤީޤީ ސަބަބުތައް ދެނެގަނެ އެކަންކަން ތަކުރާރުވިޔަ ނުދިނުމަށް ޗިލްޑްރަންސް އޮމްބަޑްސް ޕާރސަންސް އޮފީހުން ގޮވާލައިފިއެވެ.

13 އަހަރުގެ ކުއްޖަކު ރަހީނުކޮށް ފުރާނަ ގެއްލުނު މައްސަލައާ ގުޅިގެން އެ އޮފީހުން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި އެ އޮފީހުން ވަނީ ކުދިންގެ ދިރިހުރުމާއި ހެދި ބޮޑުވުމަށް ނުރައްކާވާ ފަދަ އެތަކެއް ހާދިސާތަކެއް ތަކުރާރުވަމުން ދިޔުމަކީ ނުހަނު ކަން ބޮޑުވާކަމެއްކަމަށް ބުނެފައެވެ. ކުޑަކުދިންގެ ހައްޤުތައް ކަށަވަރުކުރުމަކީ، ދިވެހި ދައުލަތުގެ ކުރިމަގާއި، މުސްތަޤުބަލަށްޓަކައި ދައުލަތުގެ ތިން ބާރާއި، މަދަނީ މުޖުތަމަޢުއާއި، ވަކިވަކި ފަރުދުންނާއި، ޢާއިލާތައް އެކުގައި ގުޅިގެން އިސްކަންދީގެން ކުރަންޖެހޭ މަސައްކަތެއްކަމަށް ވަނީ ބުނެފައެވެ. އަދި ހަމައެހެންމެ، ކުޑަކުދިންގެ ހައްޤުތައް ކަށަވަރުކުރުމަށްޓަކައި ދައުލަތުން އިސްކަންދީގެން ކުރުން ލާޒިމު ގިނަ ކަންކަން ހުރިކަން ފާހަގަކޮށް ނޫސްބަޔާނުގައި ވަނީ އެކަންކަން ތަފްސީލުކޮށްދީފައިވެއެވެ.

އެގޮތުން ދިމާވާ ވަކިވަކި ހާދިސާތަކަށް ވަކިން ހައްލުހޯދުމަށް އެކަނި ސަމާލުކަން ދިނުމުގެ ބަދަލުގައި، މައްސަލަތަކުގެ ހަގީގީ ސަބަބުތައް ދެނެގަނެ، އެކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، އެކަންކަން ހިނގަން ދިމާވާ ހަގީގީ ސަބަބުތައް ވިޔަ ނުދިނުމަށް މުޅި ދައުލަތް އެކުގައި، މަސައްކަތްކުރުމަށް ގޮވާލިއެވެ. ދިވެހިރާއްޖެއަކީ ކުޑަކުދިންނަށް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް، ކަމާ ގުޅުންހުރި އެންމެހައި އިދާރާތަކުން، ގުޅިގެން ވިލަރެސްކޮށްގެން ކުރެވޭ މަސައްކަތްތައް ހަރުދަނާކަމާއެކު ކުރެވޭކަން ކަމާބެހޭ ވުޒާރާއިން ޔަގީންކުރަންްޖެހޭކަމަން ފާހަގަކުރިއެވެ. އާއިލާތަކުގެ ނަފުސާނީ ދުޅަހެޔޮކަމަށް ފަރުވާ ބޭނުންވާ ހާލަތްތަކުގައި އެފަދަ އެހީތެރިކަން މެދުނުކެނޑި ލިބިދެވޭނެފަދަ އަދި އެފަދަ ފަރުވާއަށް ބޭނުންވާ ކުޑަކުދިންނަށް ޚާއްޞަ ސަމާލުކަމާއި އިސްކަންދެވޭނެ ނިޒާމެއް ގާއިމުކުރަންޖެހޭކަމަށް އެ އޮފީހުން ފާހަގަކުރެއެވެ.

ނޫސްބަޔާނުގައި ވަނީ ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް މަގުފަހިކުރުމަށްޓަކައި، އަދުގެ ކުޑަކުދިންގެ ޖިސްމާނީ، ނަފްސާނީ، ރޫޙާނީ، ފިކުރީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ރައްކާތެރިކޮން، ދަމަހައްޓައި، ތަރައްޤީކުރުމަށް ދުރު ރާސްތާ ސިޔާސަތުތަކެއް ކަނޑައަޅައި ތަންފީޒުކުރެވޭކަން ޔަގީންކުރަން ގޮވާލާފައެވެ. ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށާއި ކުށުގެ ތުހުމަތުގައިވާ ކުދިން، އެކަންކަމުން ސަލާމަތްކުރުމާއި، ކުޑަކުދިން ކުށްކުރުމުން ދުރުކުރުމަށް ދުރު ރާސްތާ ސިޔާސަތުތަކެއް ކަނޑައަޅައި ޤައުމީ ފެންވަރުގައި ޚާއްޞަ ސަމާލުކަމަކާއި، އިސްކަމެއްދީގެން ކުރިޔަށް ގެންދިއުމަށް ގޮވާލާފައެވެ.

މި ބަޔާނުގައި ވަނީ ކުޑަކުދިންނާ ގުޅޭ ޚަބަރާއި މަޢުލޫމާތު ޢާންމުކުރުމުގައި، އެކުދިންގެ ކަރާމާތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމުނުކުރުމާއި، އަދި ކުޑަކުއްޖަކަށް ގެއްލުމެއް ނުވުތު ދެރަކަމެއް މެދުވެރިވެގެން އެ ޚަބަރު ގެނެސްދޭއިރު، އެ ޚަބަރުގެ ސަބަބުން އެ ކުއްޖާގެ ޢާއިލާއަށް ކުރިމަތިވެދާނެ ނަފްސާނީ އުނދަގޫތަކަށް ރިޢާޔަތްކުރުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިމުގެ ތެރެއިން ކަންކަން ރިޕޯޓުކުރުމަށް ގޮވާލިއެވެ.

ކުޑަކުދިންގެ ހައްގުތަކަށް ނޭދެވޭ އަސަރުކޮށްފާނެ، އަދި ހައްގުތައް ނިގުޅައިގަނެވިދާނެ ފަދަ ކަންކަމުން ކުޑަކުދިން ރައްކާތެރިކުރުމަށް، ނިޒާމީގޮތުން ބަދަލުގެންނަންޖެހޭ ކަންކަމަށް ބަދަލުގެނައުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި މުއައްސަސާތަކާއެކު އެ އޮފީހުން ވަރަށް ގާތުން މަސައްކަތްކުރަމުންގެންދާކަމާއި، ޖަވާބުދާރީކުރުވަން ޖެހޭ ފަރާތްތައް ޖަވާބުދާރީކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންގެންދާކަމާއި، އަދި އެކަމުގައި ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ޗިލްޑްރަންސް އޮމްބަޑްސް ޕާރސަންސް އޮފީހުން ވަނީ އަރުވާފައެވެ.

 

ފަހުގެ ލިޔުންތައް


  1. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ފުވައްމުލައް ސިޓީގައި "ކުދިންގެ ރައުޔު" ފޯރަމެއް ބާއްވައިފި
    ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-10-31

  2. ބޭސްލައިން ރިޕޯޓް ސަމަރީ
    ބާވަތް: ރިޕޯޓާއި ދިރާސާ - ޕަބްލިސް ކުރީ: 2022-09-19

  3. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގެ ނަމުގައި މަހާސިންތާއެއް ބާއްވައިފި
    ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-09-18

  4. ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން
    ބާވަތް: އަންދާސީ ހިސާބު - ޕަބްލިސް ކުރީ: 2022-08-08

  5. މީޑިއާ އޮފިސަރ
    ބާވަތް: ވަޒީފާގެ ފުރުސަތު - ޕަބްލިސް ކުރީ: 2022-08-04

  6. މަގާމު: ކޮމްޕްލަޔަންސް އޮފިސަރ
    ބާވަތް: ވަޒީފާގެ ފުރުސަތު - ޕަބްލިސް ކުރީ: 2022-07-31

  7. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤު ކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު
    ބާވަތް: އުސޫލު - ޕަބްލިސް ކުރީ: 2022-07-31

  8. 2 އަހަރު ދުވަހުގެ ތެރޭގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުންކޮށްފައިވާ ބައެއް މުހިންމު މަސައްކަތްތައް
    ބާވަތް: ހަރަކާތްތައް - ޕަބްލިސް ކުރީ: 2022-07-23

  9. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް "ޓޯލް ފްރީ" ނަންބަރު 1656 އިފްތިތާހުކޮށްފި
    ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-07-23

  10. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިދާރީ ޤަވާއިދު
    ބާވަތް: ޤާނޫނުތަކާއި ގަވާއިދުތައް - ޕަބްލިސް ކުރީ: 2022-07-17