"ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަން ލިބުމަކީ ކޮންމެ ކުއްޖެއްގެވެސް ޙައްޤެއް"

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ޗައިލްޑް ރައިޓްސް ކޮމިއުނިޓީ އޮޑިޓްތައް ފަށައިފި

Responsive image

 

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އަލަށް ކުރިއަށްގެންދާ ޗައިލްޑް ރައިޓްސް ކޮމިއުނިޓީ އޮޑިޓްތައް ފެށުމުގެ ގޮތުން ފުރަތަމަ އޮޑިޓް، އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށްގެންގޮސްފިއެވެ.

 10 ރަށެއްގައި ކުރިއަށްގެންދާ މިއޮޓިޓްތައް އައްޑޫ ސިޓީ ހިތަދޫން ފަށާފައިވާއިރު، މިއަހަރުގެ ތެރޭގައި އިތުރު 9 ރަށެއްގައި އޮޑިޓްތައް ކުރިއަށްގެންދާނެއެވެ.

 

މިއީ ސަރުކާރުގެ މުޢައްސަސާތަކުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، އދ. ގެ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާގުޅޭ ބައިނަލްއަޤުވާމީ މުއާހަދާ އަދި ކުޑަކުދިންނާއި ގުޅުންހުރި ޤަވާޢިދުތަކަށް ޢަމަލުކުރަމުންދާ މިންވަރު ދެނެގަތުމަށް ޤާނޫނުގައިވާ ގޮތުގެ މަތިން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށްގެންގޮސްފައިވާ އޮޑިޓެކެވެ.

 

އިންޓަވިއު ކުރުމާއި ރިކޯޑްތައް ޗެކްކުރުމުގެ އިތުރުން އިމާރާތްތައް އިންސްޕެކްޓްކޮށްގެން ކުރިއަށްގެންދިޔަ މި އޮޑިޓް ފެށުމުގެ ގޮތުން އިއްޔެވަނީ، އައްޑޫ ސިޓީ ހިތަދޫގައި ހިމެނޭ 2 ސްކޫލްއަކާއި، ހޮސްޕިޓަލް، ފުލުހުން، ކައުންސިލް، ކޯޓު، ރީހެބިލިޓޭޝަން ސެންޓަރ، ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފްސީއެސްސީ)އަށް ޒިޔާރަތްކޮށް މައޫލޫމާތު ހޯދާފައެވެ.

އޮޑިޓްކޮށް ނިމުމުން ކޮންމެ ރަށެއްގެ ހިމެނޭ މުއައްސަސާތަކުގެ އޮޑިޓުން ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ފާހަގަކުރެވޭކަންކަން އިސްލާހުކުރުމަށްޓަކައި ހުށަހަޅާކަންކަން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ގުޅުންހުރި ޢިދާރާތަކާއި ޙިއްސާކުރަމުން ގެންދާނެއެވެ. އަދި ހުށައެޅުންތައް ތަންފީޒުކުރެވޭ މިންވަރު ކޮންމެ 3 މަހަކުން މޮނިޓަރކުރާނެއެވެ.

 

ހިތަދޫގައި ކުރިއަށްގެންދިޔަ ޗައިލްޑް ރައިޓްސް ކޮމިއުނިޓީ އޮޑިޓަށްފަހު، ހިތަދޫގައި ހަރަކާތްތެރިވާ ކުޑަކުދިންގެ މަސްލަޙަތު ހިމާޔަތްކުރުމުގެ މަސައްކަތްކުރާ އިދާރާތަކާއެކު ވޯކްޝޮޕެއްވަނީ ކުރިއަށްގެންގޮސްފައެވެ. އައްޑޫ ހައިސްކޫލްގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި މި އޮޑިޓް ކުރިއަށްގެންދިޔަ 8 ޢިދާރާއެއްގެ މުވައްޒަފުންވަނީ ބައިވެރިވެފައެވެ.

އިތުރު ފައިލްސް

  1. Khabaru - Addu City hithadhoogai Child Right's Community Auditeh kuriyah gendhiun

ފަހުގެ ލިޔުންތައް


  1. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ފުވައްމުލައް ސިޓީގައި "ކުދިންގެ ރައުޔު" ފޯރަމެއް ބާއްވައިފި
    ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-10-31

  2. ބޭސްލައިން ރިޕޯޓް ސަމަރީ
    ބާވަތް: ރިޕޯޓާއި ދިރާސާ - ޕަބްލިސް ކުރީ: 2022-09-19

  3. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގެ ނަމުގައި މަހާސިންތާއެއް ބާއްވައިފި
    ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-09-18

  4. ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން
    ބާވަތް: އަންދާސީ ހިސާބު - ޕަބްލިސް ކުރީ: 2022-08-08

  5. މީޑިއާ އޮފިސަރ
    ބާވަތް: ވަޒީފާގެ ފުރުސަތު - ޕަބްލިސް ކުރީ: 2022-08-04

  6. މަގާމު: ކޮމްޕްލަޔަންސް އޮފިސަރ
    ބާވަތް: ވަޒީފާގެ ފުރުސަތު - ޕަބްލިސް ކުރީ: 2022-07-31

  7. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤު ކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު
    ބާވަތް: އުސޫލު - ޕަބްލިސް ކުރީ: 2022-07-31

  8. 2 އަހަރު ދުވަހުގެ ތެރޭގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުންކޮށްފައިވާ ބައެއް މުހިންމު މަސައްކަތްތައް
    ބާވަތް: ހަރަކާތްތައް - ޕަބްލިސް ކުރީ: 2022-07-23

  9. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް "ޓޯލް ފްރީ" ނަންބަރު 1656 އިފްތިތާހުކޮށްފި
    ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-07-23

  10. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިދާރީ ޤަވާއިދު
    ބާވަތް: ޤާނޫނުތަކާއި ގަވާއިދުތައް - ޕަބްލިސް ކުރީ: 2022-07-17